1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފި

1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފިއެވެ.

11 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށެވެ.

އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

ހިޔާލު ފާޅުކުރައްވާ !