އިސްލާމީ މަރުކަޒުގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފި

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ.

2 އަހަރަށްފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ !