މަސްޖިދް އުޘްމާން ބިން ޢައްފާނަށް އިތުރުކުރާ ބައިގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ ބައްލަވާލައްވައިފި

ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ ވަގުތީ 2ވަނަ މިސްކިތް މަސްޖިދް އުޘްމާން ބިން ޢައްފާންގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްލަވާލައްވައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެ މިސްކިތަށް އިތުރުކުރާ ބައިގެ މަސައްކަތް ރަމަޟާންމަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން އެ މިސްކިތަށް 600 މީހުންގެ ޖާގަ އިތުރު ކުރެވިގެންދާނެއެވެ. މި މަސައްކަތް ނިމުމުން އަންހެނުން ނަމާދުކުރުމަށް ބޭނުންކުރާ ބައިގެ ޖާގަވެސް އިތުރުވެގެން ދާނެއެވެ.

01 އެޕްރީލް 2022 ގައި ހުޅުވި މި މިސްކިތަކީ 600 މީހުންނަށް ނަމާދުކުރެވޭހެން ބިނާކޮށްފައިވާ މިސްކިތެކެވެ. ހުކުރުނަމާދުވެސް ކުރެވޭހެން ބިނާކޮށްފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މިސްކިތެކެވެ.

ހިޔާލު ފާޅުކުރައްވާ !