1444ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފި

1444ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި، މާލޭގައި ބޭއްވި ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ހޮވުނު ފަރާތްތަކުގެތެރެއިން އެއްވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިގުރުއަތުން އެއްވަނައަށް ހޮވިފައިވަނީ IFP 4258 ލިބުނު އިނާމަކީ ސްޓެލްކޯއިން ސްޕޮންސަރކޮށްފައިވާ ޢުމްރާ ދަތުރެކެވެ.

މިގުރުއަތުން ދެވަނައަށް ހޮވިފައިވަނީ IFP 1961  ލިބިފައިވަނީ އުރީދޫއިން ސްޕޮންސަރކޮށްފައިވާ S21ގެ ސްމާޓްފޯނެކެވެ.

މިގުރުއަތުން ތިންވަނައަށް ހޮވިފައިވަނީ IFP 496  ލިބުނު އިނާމަކީ ރެއިންބޯއިން ސްޕޮންސަރކޮށްފައިވާ ސޯފާ ސެޓެކެވެ.

މި އަހަރު ޖުމްލަ 20 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ.

އަތޮޅުތަކުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުނެގުން ބާއްވާފައިވަނީ 14 އެޕްރިލް 2023ގައި ފުވައްމުލައް ސިޓީގައި ބޭއްވި ފޯރަމްގައެވެ.

 

1444ވަނަ އަހަރުގެ ރަމަޟާންމަހު ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރޭގައި ދަރިވަރުންނަށް ޚާއްސަކޮށްގެންވެސް އިޙްޔާ ފޯރަމްތަކެއް މުޅިން އަލަށް ވަނީ ބާއްވާފައެވެ. އެގޮތުން  ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ކުރިއަށްގެންދެވުނުއިރު، މި ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ.

ބުދަދުވަހުގެރޭގެ ޖަލްސާގައި ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ސްކޫލަކަށް ހޮވިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިހާތަނަށް، އެހެން އެއްވެސް ސަރުކާރަކުން ރަމަޟާންމަހެއްގައި ނުބާއްވާހާ ގިނަ ޕްރޮގްރާމްތައް މި އަހަރު ބޭއްވިފައިވާކަމަށެވެ.

އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާތީ އެފަރާތްތަކަށް މިނިސްޓަރ ވަނީ މި ޖަލްސާގައި ޝުކުރުއަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *