އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށެވެ.  އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރިޕޭއިންނެވެ.

ރަމަޟާންމަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑާލާފައެވެ.

ބަނޑޭރިޕޭ: https://bandeyripay.finance.gov.mv/

ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.

ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް މިނިސްޓްރީގެ ހޯލުންނެވެ.

އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *