ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާދަމް މަޒްރަވީ ޖައުފަރު ޞާދިޤު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި ސަފީރުވަނީ އިސްލާމްދީނާގުޅޭ ސައްޚަ މަޢުލޫމާތު އެ ޤައުމުގެ ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމާއި، އެޤައުމުގައި އިސްލާމްދީނުގެ ކަންކަން ކުރިއަށްދާ ގޮތްތައް ތަފްސީލްކޮށްދެއްވާފައެވެ. އަދި ދީނީ ކަންކަމުގައި އެ ޤައުމަށް ރާއްޖޭގެ އެހީތެރިކަން ބޭނުންވާކަމަށާއި ސްރީލަންކާގެ މުސްލިމުންނަށް ދީނީގޮތުން ބޭނުންވާ އެހީތެރިކަމާއި އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަންކަމާމެދު  މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ !