ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރަން ކުންފުންޏަކާ ހަވާލުކޮށްފި

ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ. ދިއްދޫ އިސްލާމިކް  އެސެންޓަރު އިމާރާތްކުރުމުގެ  އެއްބަސްވުމުގައިކުންފުނީގެ ފަރާތުން ސޮއިކުރެއްވީ  އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ  އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަ  ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ

ސެންޓަރުގެ ތަފްޞީލް:-

އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ

 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލް

 އިދާރީ އޮފީހެއް

 ލައިބްރަރީ

4 ކްލާސް ރޫމް

 2 ސެމިނަރ ރޫމް

ޕޭންޓްރީ

 މިސްކިތް އޭސީ ކޮށްފައި

 ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މަސައްކަތް ވީހާވެސް އަވަހަކަށް ފަށާ، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ މަސައްކަތް ހަލުވިކަމާއެކު ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. މި ރަސްމިޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހިޔާލު ފާޅުކުރައްވާ !