މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ފުރައިވަޑައިގަންނަވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ހެނދުނު މޮރޮކޯއަށް ފުރައިވަޑައިގަންނަވައިފިއެވެ. މި ދަތުރު ފުޅަކީ މިއީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު “އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން” ދެގަމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

ޖޮއިންޓް ކޮމިޝަންގެ ފުތަރަމަ ބައްދަލުވުން ބޭއްވުމަށްހަމަޖެހިފައިވަނީ މޮރޮކޯގެ ރަބާތުގައެވެ. މި ދަތުރު ފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިޢު ޢަލީ އާއި ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ !