ވުޒާރާއާމެދު
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ އިސްލާމީ ޝިޔާރު ފާޅުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން ޤާއިމްކޮށްފައިވާ ވުޒާރާއެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ އިސްލާމީ ޝިޔާރު ފާޅުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން ޤާއިމްކޮށްފައިވާ ވުޒާރާއެކެވެ.
ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އަޙުލާޤީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓައި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.
ޚިދުމަތް ދިނުމުގައި ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތެއްގައި ޚިދުމަތްދީ ހާމަކަންބޮޑު ގޮތެއްގައި އާންމު ރައްޔިތުންނަށް އަޅުގަނޑުމެން މަޢުލޫމާތު ފޯރުކޮށްދޭނަމެވެ.
އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކަށާއި ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވެ ރައްޔިތުންނަށް ޖަވާބުދާރީވާނަމެވެ.
ތަފާތުކުރުމެއްނެތި، ވަކިފަރާތަކަށް ނުޖެހި އެންމެންގެ މެދުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެ ނުފޫޒުން އެއްކިބާވެގެން އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.
ހުރިހާ ފަރާތްތަކެއްގެވެސް ޤަދަރާއި އިއްޒަތަށް އިޚުތިރާމްކޮށް، އެންމެހާ ފަރާތްތަކުގެ ޚިޔާލަކީ،މުހިންމު އެއްޗެއްކަމަށްދެކި ބިނާކުރަނިވި ޚިޔާލުތައް އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނާނަމެވެ.
Copyright © 2025 | Ministry of Islamic Affairs - Maldives