ބ. ތުޅާދޫގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އިސްލާމް ދީނުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަށުން ބ. ތުޅާދޫގައި ހާއްސަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމުތައް ތުޅާދޫގައި ކުރިއަށް ގެންގޮސްފައިވަނީ ތުޅާދޫ ސްކޫލާއި، މަދަދު ޖަމްޢިއްޔާ އަދި ވުޒާރާ ގުޅިގެންނެވެ.

ތުޅާދޫގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި މުއައްސަސާތަކުގެ ފަރާތްތަކަށެވެ. މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް