އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަަމަށާއި އަމާޒަކީ 2025 ވަނަ އަހަރުގެ ޖޫން މަހަށް އިސްލާމިކް ސެންޓަރުގެ މަސައްކަތް އެއްކޮަށް ނިންމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ އިސްލާމިކް ސެންޓަރު ވެގެންދާނީ ދެކުނުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށްކަމަށާއި، މިތަނުގައި އިސްލާމީ ލައިބްރަރީއަކާއި ތަމްރީނު ފެސިލިޓީގެ އިތުރުން އިދާރާއެއް ހުންނާނެކަމަށެވެ. އަދި މިސްކިތުގައި އިމާމަކާއި ބަންގި ގޮވާ މުވައްޒިނަކު ހުންނާނެކަމަށެވެ.
2 ފަންގިފިލާގެ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ.