ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަނީ

ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަން ނިންމަވައިފިއެވެ.

މިކަން ހާމަ ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، ތަރުޖަމާތައް ބޭނުންވާ ފަރާތްތަކަށް ޖަމްޢިއްޔާތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭރުގެ އެކި ޖަމްޢިއްޔާތަކާއި އިދާރާތަކާއި ގާތް ގުޅުންތަކެއް ޤާއިމްކޮށް، ތަފާތު އެކި ފުރުސަތުތައް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިމާމުންގެ ތަމްރީން ޕްރޮގުރާމްތަކާއި، ޢަރަބި ބަސް އުނގެނޭނެ ފުރުސަތުތަކާއި، އުމްރާ ދަތުރުތައް ފަދަ ފުރުސަތުތައް އަންނަނީ ފަހިވަމުންނެވެ. މިކަމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެކެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް