މެލޭޝިޔާ ޤުރުއާން މުބާރާތުން ތިން ވަނަ ޙާސިލްކުރި ފާތިމަތު ޝާޔާއަށް ހޫނު މަރުހަބާއެއް!

މެލޭޝިއާގައި އިއްޔެ ނިމުނު 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ރާއްޖެ ތަމްސީލްކޮށް ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން ތިން ވަނަ ހާސިލްކުރި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރަށް ވެލަނާ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ފާތިމަތު ޝާޔާ ޒާހިރަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވަނީ ވާދަކޮށްފައެވެ. ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ.

ޝާޔާ ހޯދި ކާމިޔާބީއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް