ވޭޕް މަނާކުރުމާމެދު ރައީސް ނިންމެވި ނިންމެވުމަކީ އަދާއި މާދަމާގެ ޖީލުތަކަށްޓަކައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް – ވަޒީރު

ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށްވާ ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސްގެ ނިންމެވުމާއެކު ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގައި ވޭޕް މަނާކުރުމާއި، ވިއްކުން މަނާ ކުރުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސްގެ މި ނިންމެވުމާއެކު ގިނަ ފަރާތްތަކުން ވަނީ ރައީސްއަށް ތަޢުރީފްކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް ވަނީ ރައީސްގެ ނިންމެވުމަށް ތަޢުރީފްކުރައްވާ މަރުޙަބާ ދަންނަވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް