ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު ސަރީރު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަފީރަށް މަރުޙަބާ ދަންނަވާ ދެ ފަރާތުން ގުޅިގެން ކުރެވިދާނެ އެކި ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ސަޢުދީ ސަފީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަޙްމަދު ސަރީރު އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުގައިކަން ފާހަގަކޮށްލެވެއެވެ.