އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މަމްސް އެއިޑްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ މަމްސް އެއިޑާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އިޖުތިމާޢީ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދެވޭނެ ފަދަ ހަރަކާތްތަކަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަމްސް އެއިޑްގެ ފަރާތުން ބައިވެރިވެލެއްވީ އެ ޖަމްޢިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރ ފާތިމަތު ރިޔާޝާގެ އިތުރުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޒައިލް ޒަރީރުއެވެ.