ހުޅުމާލެ ފޭސް 2 ގައި މިސްކިތެއް ބިނާ ކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2 ގައި މިސްކިތެއް ބިނާ ކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ހުޅުމާލެ ފޭސް 2ގެ މި މިސްކިތް ބިނާ ކުރާނީ މުޙައްމަދު ޔޫސުފްއެވެ.

އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރަން ބޭނުންވާ 3 ފަރާތަކާއެކު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ހުޅުމާލޭގައި ދެ މިސްކިތެއް އެޅުމުގެ އިތުރުން މާލެ ސިޓީގެ ޒިކުރާ މިސްކިތް 3 ބުރިއަށް ނެގުމަށެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ