އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ޙާއްސަ ޕްރޮގުރާމެއް ފަށައިފި

އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް 'ތަޙްސީނުއްތިލާވާ’ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.

މާލެ ސަރަހައްދުގެ އިމާމުންނަށް ހުޅުވާލައިގެން ފެށި މި ޕްރޮގުރާމުގައި 17 އިމާމުން ބައިވެރިވެފައިވާއިރު، ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ހަފްތާގެ މުއްދަތަށެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އަލްޤާރީ މުޙައްމަދު އަސްލަމްއާއި އައްޝައިޚް ނަސްރުﷲ ޢަލީއެވެ.

މިއީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ