70 ޖަމްޢިއްޔާއެކު ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މާދަމާ!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ބާއްވަން ފަށާ ދީނީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މާދަމާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭޣައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދިވެހިރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރާ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދަޢުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ