ހުކުރު ދުވަހު 24 މިސްކިތެއްގައި ދީނީ ދަރުސް ކުރިއަށް ގެންގޮސްފި

ހުކުރު ދުވަހު މަޣްރިބް ނަމާދަށްފަހު ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތަކުގެ ތެރެއިން މި ހަފްތާގެ ހުކުރު ދުވަހު ރާއްޖޭގެ 24 މިސްކިތެއްގައި ދަރުސްތައް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މާލެ ސަރަހައްދުގެ 9 މިސްކިތެއްގައި ދަރުސްތައް ކުރިއަށް ގެންގޮސްފައިވާއިރު، ރާއްޖެތެރޭގެ 15 ރަށެއްގެ މިސްކިތުގައި ދަރުސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިންގެ މެދުގައި ދީނީ ހޭޅުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ