އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީގައި ސީއެޗްއެސްސީގައި ޤާއިމްކުރި ނަމާދުގެ ހުޅުވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީތެރިކަމާ އެކު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ޤާއިމުކުރި ނަމާދުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ މި ނަމާދުގެ ހުޅުވައިދެއްވައިފައި ވަނީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެވެ. މި ނަމާދުގެއަކީ އިސްކޫލުތަކުގެ ދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތުދެއްވުމުގައި ރައީސުލްޖުމުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެ ސްކޫލްގައި ޤާއިމްކުރި ނަމާދުގެއެކެވެ. މި ތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސަވައިފައެވެ.

މި ތަން ފުރިހަމަކޮށް ތައްޔާރުކޮށްދެއްވިކަމަށް ޓަކައި، ސީ.އެޗް.އެސް.އީ.އިން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ޝުކުރުއަދާކުރައްވައިފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ