ގޭގައި އިނދެގެންވެސް ޞަދަޤާތް ކުރެވޭނެ ފުރުސަތު މިވަނީ ހުޅުވިފަ – ވަޒީރު

ގޭގައި އިނދެގެން ފަސޭހަކަމާއެކު ރާއްޖޭގެ ދީނީ އެކި ކަންކަމަށް ޞަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަަދަޤާތް ކުރެވޭނެ އިންތިޒާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެ ކުރިން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދީލަތި އެކި ފަރާތްތަކުން ޚައިރާތުގެ ގޮތުގައި އެހީތެރިކަން ދެމުންދާ ކަމަށާއި، މިއަދު ހުޅުވިގެންދިޔަ އޮންލައިން ފުރުސަތުގެ ތެރެއިން ގޭގަ އިނދެގެންވެސް އެހީތެރިކަން ވެވޭނެކަމަށެވެ.

މީގެ އިތުރުން މިއަދުގެ ވާހަކަފުޅުގައި ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މާތްކަމާއި ގުޅޭ ގޮތުންވެސް ވާހަަކަދައްކަވާފައެވެ. ވުޒާރާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމަށެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ