ޤަތަރު ޗެރިޓީން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލު ކުރައްވައިފި

ޤަތަރު ޗެރިޓީން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލު ކުރައްވައިފިއެވެ.

ބުދަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އޫރިދޫގެ މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމަދީއާއި އޫރިދޫގެ ސީސީއޯ ހުސައިން ނިޔާޒްވެސް ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޤަތަރު ޗެރިޓީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދެވިދާނެ އެކި ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް އޫރިދޫގެ ފަރާތުން ކޮންމެ ހުކުރު ދުވަހަކު ސަލްމާން މިސްކިތުގައި ކުރިއަށް ގެންދާ ރޯދަ ވިއްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުން އޫރިދޫގެ މެނޭޖިންގ ޑިރެކްޓަރާއި މަޝްވަރާ ކުރައްވާފައިވެއެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް