ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޙަފްލާ. ކީރިތ ޤުރުއާންގެ ޢިލްމު ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުރުމާއި ހިތުދަސްކުރުމުގެ މަޝްރޫޢުތައް އިތުރުކުރުމާއި ރާއްޖެއަށް ބޭނުންވާ ޙާފިޒުން ރާއްޖެއިން ތަމްރީނު ކުރުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްތިރާޖީ ރޭވުންތެރި ޙަރަކާތްތަކުގައި ހިމެނޭ ކަމެކެވެ. ޙާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ ޙަފްލާއަކީ މިކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ޤުރުއާން މަތިވެރިވެރިކުރުމުގެ ގޮތުން 1446 ވަނަ އަހަރުން ފެށިގެން ބާއްވަން ނިންމި ޙަލްފާއެކެވެ.
Copyright © 2025 | Ministry of Islamic Affairs - Maldives