އަތޮޅު އިޙްޔާ ފޯރަމް އަދި މާލެ އިޙްޔާ ފޯރަމްގެ ބޮޑު އިނާމަކަށް ޢުމްރާ ދަތުރެއް!

މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާލޭގައި ކުރިއަށް ގެންދެވުނު 8 އިޙްޔާ ފޯރަމްއާއި، އަތޮޅުތެރޭގެ 7 ރަށެއްގައި ކުރިއަށް ގެންދެވުނު އިޙްޔާ ފޯރަމްތަކަށް ވަޑައިގެންނެވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާ، އެއް ވަނަ އިނާމަކަށް ޢުމްރާ ދަތުރެއް ދީފިއެވެ.

ޢުމްރާ ދަތުރު ދީފައިވަނީ މާލެ އަދި އަތޮޅުތެރެ ވަކިންނެވެ. އެގޮތުން މާލެ އިޙްޔާ ފޯރަމްތަކުގެ ޢުމްރާ ދަތުރަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެެއްވި ޢުމްރާ ދަތުރެކެވެ. އަދި އަތޮޅުތެރޭގެ ޢުމްރާ ދަތުރަކީ އަމިއްލަ ދެ ކުންފުންޏެއްގެ ދީލަތި އެހީގައި ދީފައިވާ ދަތުރެކެވެ.

މީގެ އިތުރުން އިޙްޔާ ފޯރަމްތަކަށް ވަޑައިގެންނެވި ބޭފުޅުންގެ މެދުގައި ގުރުއަތުނަގާ އަގުހުރި އިނާމުތަކެއް ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި 65” ޓީވީއަކާއި، އޫރިދޫ އެއަރ ފައިބާ ރައުޓަރަކާއި، 2 ފަހާފޮށި ހިމެނެއެވެ. މީގެ އިތުރުން ކޮންމެ އިޙްޔާ ފޯރަމެއްގައިވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަމާއެކު 1500 ރުފިޔާ، 1000 ރުފިޔާ، 700 ރުފިޔާ އަދި 500 ރުފިޔާގެ ގިފްޓްކާޑު ވަނީ ދީފައެވެ. އަދި ވުޒާރާގެ ފަރާތުން ކޮންމެ ރެއަކު ރިޔާޟުއްޞާލިޙީންއާއި ފިޤުހުންސުންނާ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް