ނައިފަރު ޤުރުއާން ކުލާހަށް ދީނީ ކަންތައްތަކަށް އެހީވާ ވަޤުފް ފަންޑުން އެހީތެރިވަނީ

ގިނަ އަދަދެއްގެ ޙާފިޡުން އުފައްދަމުން އަންނަ ނައިފަރު ގުރުއާން ކިލާހަށް ވަގްފު ފަންޑުން އެހީދޭން ނިންމާ އެކަން އިޢުލާންކުރައްވަައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ އިސްލާމީ ވަގުފު ފަންޑުން އެހީ ފޯރުކޮށްދިނިމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި، ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެއް ރަށަކުން އެންމެ ގިނަ ކުދިން ޙާފިޡު ކަމުގެ ސަނަދު ހޯދީ ނައިފަރުންނެވެ. އެރަށުގެ ހަ ކުއްޖަކު އެރޭ ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.

ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު މިހާރު ވެސް 38 ދަރިވަރަކު ކިޔަވަމުން ގެންދެއެވެ. 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް