މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯންގެ ކަންތަކުގައި ރައީސް ނިންމެވި ނިންމެވުމަކީ ތާރީޚީ ޙައްޤު ހެޔޮ ނިންމެވުމެއް: ވަޒީރު

މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯންގެ ކަންތަކުގައި ރައީސް ނިންމެވި ނިންމެވުމަކީ ތާރީޚީ ޙައްޤު ހެޔޮ ނިންމެވުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސްޓޫޑެންޓް ލޯންތަކަށް އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އައި ބައި ކަނޑާލާ، ލޯނުތަކަކީ ޝަރީޢާ ހުއްދަ ކުރާ ފަދަ ލޯނުތަކަކަށް ހެދުމަށް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން ވަޒީރު ވިދާޅުވީ، އެޑްމިން ފީގެ ނަމުގައިލޯނަށް އިތުރުކުރާބަޔާއި، ލޯނާ ނުގުޅުވައި، ޚިދުމަތުގެ އުޖޫރައެއް ގޮތުގައި ނެގުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އިދާރީ ފިކްސް އެކްޗުއަލް އެމައުންޓް ބައެއް މީހުންނަށް ސާފު ނުވެ، ރައީސްގެ ނިންމެވުމަށް ފާޑުކިޔާތަން ފެންނަމުންދާކަމަށެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ މިކަމުގެ ޝަރުޢީ އުޞޫލް ތަފްސީލްނޮށް ބަޔާންކުރައްވާފައެވެ.

 

– އިސްލާމީ ޝަރީޢަތުގައި ވާ ގޮތުން މީހަކަށް ލޯނެއް ދިނުމަށް ފަހު، އެއަށް ބައެއް އިތުރުކޮށް އަނބުރާ ދެއްކުމަށް ޝަރުޠެއް ނުކުރެވޭނެއެވެ. -ލޯނެއް ދިނުމުގައި ކުރާ މަސައްކަތަށް، ސީދާ އެކްޗުއަލް ފިކްސް އެޑްމިން ފީ އެއް ނެގުމަކީ ޝަރީއާ މަނާކުރާ ކަމެއްނޫނެވެ. އެކަމަކު އެވާންޖެހޭނީ ހަމަ އޭގައި ކުރާ އިދާރީ މަސައްކަތުގެ ސީދާ ޙައްޤު ފީއަށެވެ.
– ރާއްޖޭގައި ދަރިވަރުންގެ ލޯންތަކުގައި އިތުރުކޮށްފައި އޮންނަނީ އެކްޗުއަލް ފިކްސް އިދާރީ ފީއެއް ނޫނެވެ. ލޯންގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ހުރިހާ ލޯނަކަށް ވެސް އެނަގާ އަދަދުގެ ޕަސެންޓެކެވެ. އެއީ އެނަގާ އަދަދެއްގެ 1 ޕަސެންޓެވެ. ރިބާއަށް ވަނީ މިއެވެ.
– ރައީސްގެ ނިންމެވުން ބިނާކުރެއްވީ ދަރިވަރުންގެ ލޯނަކީ ސައްތައިން ސައްތަ އިސްލާމީ ޝަރީޢާގެ އުޞޫލަށް އަށް ފެތޭ (ޤަރުޟު ޙަސަން) އަކަށް ހެއްދެވުމަށެވެ. ޙަރާމް ގޮތުގައި ލޯނަށް އިތުރުވާ ޕަސެންޓެއް ވެސް، އަދި ލޯން ދޭ އިދާރާގެ މަސައްކަތަށް ނެގުން ޝަރީޢާ ހުއްދަކުރާ ފިކްސް އެކްޗުއަލް އެމައުންޓެއްވެސް ސަރުކާރުން ނުނެގުމަށެވެ. އެއީ އިދާރީ ގޮތުން ލޯންގެ ކަންކަން ހިންގަން ތިބެނީ ސަރުކާރުގެ މުސާރަ ހިނގާ މުވައްޒަފުންނަށް ވުމާއި އިދާރީ ގޮތުން އެކަން ހިނގަނީ ދައުލަތުގެ އޮންނަ އިދާރީ ނިޒާމްގެ ތެރެއިން ކަމަށްވާތީއެވެ. އެކަމަށް އިތުރު ފީއެއް ދަރިވަރުން އަތުން ނެގުން މުހިންމު ނުވާތީއާއި ދަރިވަރުގެ ބެލެނިވެރި ފަރާތަކީ ދައުލަތްކަމާއި އެ ދަރިވަރުގެ ތައުލީމު ދިނުމަކީ ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓަށްވާތީއެވެ.
ލޯނާ ގުޅުވައިގެން އެޑްމިން ފީގެ ނަމުގައި ލޯނަށް އިތުރުކޮށް ނަގާ ޕަސެންޓާއި، ލޯނާ ނުގުޅުވައި ޚިދުމަތުގެ ފީގެ ގޮތުގައި، ގޮތުން ނެގުމަށް ޝަރީޢާ ހުއްދަކުރާ ފިކްސް އެކްޗުއަލް އެމައުންޓް އޮޅުވައިލައިގެން ނުވާނެއެވެ.
ސާރވިސް ޗާރޖް ނެގުމަށް ވެސް ޝަރީޢާގައި ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮވެއެވެ. އެއަށް ނުފެތޭ ގޮތަށް އެކަމެއް ނުކުރެވޭނެއެވެ.

ރައީސްގެ ނިންމެވުމަކީ ބައިނަލްއަޤުވާމީ އިސްލާމީ މާލީ އުޞޫލުތަކާއި އެއްގޮތައް ނިންމާފައިވާ ވަރަށް ހަރުދަނާ ހެޔޮ ނިންމުމެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް