މިރޭ 24 ޙާފިޒުން ދަސްވެނިވުން މިއީ އަޅުގަނޑުމެން ފަޚްރުވެރިވާންވީކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާތީ ޙާފިޒުންގެ ގޮތުގައި ދަސްވެނިވާންޖެހޭނީ އަހަރަކު މިއަށްވުރެ ގިނައިންކަމަށާއި، ކީރިތި ޤުރްއާން ހިތުދަސް ގިނަ ކުދިންތަކެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާކަމަށެވެ.
މީގެ އިތުރުން، މިސަރުކާރުގެ ސިޔާސަތަކީ، އަދި އަޒުމަކީވެސް ދިވެހި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި މައިންބަފައިންނާއި ޓީޗަރުންނާއި އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތްތަކުން މި އަދަދު އެތައް ގުނައަކުން އިތުރުކުރުންކަމަށްވެސް މިރޭ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮންމެ މީހަކީވެސް ޤުރްއާނުގައިވާ ގޮތަށް ޢަމަލުތައް ބައްޓަންވެފައިވާ މީހަކުކަމުގައިވުމަށް އިލްތިމާސް ކުރައްވާފައެވެ.