1446ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފްހާއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މިއީ 800 އަހަރުވީ އިސްލާމީ ތާރީހަށް އިތުރުވެގެންދާ ޝަރަފްވެރި ސަފްހާއެއްކަމަށާއި، މި ހާއްސަ ޖަލްސާ ބޭއްވޭ ގޮތަށް ކަންކަން ފަހިކޮށްދެއްވިކަމަށްޓަކާ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތާރީހުހައި މިއަދު ލިޔެވިގެން މިދާ ސަފްހާ އަކީ ކުރިއަށް އޮތް ޖީލަށް އިސްލާމީ ޙަޟޯރަތާއި އަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން، ވުޒާރާގެ ހުރިހާކަމެއް ބިނާވެގެން އަންނަނީ ރައީސް ގެ އިރުޝާދުގެ ދަށުން ކަމަށާއި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ރައީސްގެ މެނިފެސްޓޯގައި ލިޔެވިފައިވާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.