ކީރިތި ޤުރުއާން ހިތުދަސްކޮށް 24 ޙާފިޡުން، ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ.
މި ޙާފިޡުންނަށް ސަނަދު ދިނުމަށް މިރޭ ވަނީ ޙާފިޡުންގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ޙާފިޡުންނަށް ސަނަދު އެރުއްވެވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއީ ޙާފިޡުންގެ ދަސްވެނިވުމުގެ ގޮތުން އެކަމަށް ހާއްސަ ޖަލްސާއެއް ސަރުކާރުން ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިރޭގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.