ޢިލްމުވެރިންގެ ޕޫލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އުފައްދާފައިވާ ދީނީ ޢިލްމުވެރިންގެ ޕޫލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދީީނީ ޢިމުވެރިންގެ ޕޫލްގެ ބޭނުމަކީ، ވުޒާރާގެ ދީނީ ހޭލުންތެރިކަމުގެ ހަރަކާތްތަކުގައި ބޭނުން ކުރާނެ ޢިލްމުވެރިން ދެނެގަތުމާއި ފަސޭހައިން އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ޢިލްމުވެރިން ހަމަޖެއްސުމެވެ. މި ޕޫލް އެކުލަވާލުމަށްފަހު ވުޒާރާގެ ހަރަކާތްތަކުގައި ބޭނުންކުރާނީ ހަމައެކަނި ޕޫލްގައި ހިމެނޭ ޢިލްމުވެރިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާއިތުވެދިޔަ ހަފްތާގައި ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް