ޞަފާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ފަރާތުން އަހަރަކު އެއް ޙާފިޒަކު ހިލޭ ޢުމްރާއަށް ގެންގޮސްދިނުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ޞަފާ ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ ޗެއާމަން އުސްތާޛު އަބްދުﷲ ނަސީމް މުޙައްމަދާއި ބައްދަލުކުރައްވާ އުމްރާ ދަތުރު ސްޕޮންސަރ ކޮށްދެއްވަން ނިންމެވި ކަމަށްޓަކައި އެ ގުރޫޕުގެ ޗެއާމަނަށާއި ބޯޑު މެމްބަރުނަށް ޝުކުރު ދަންނަވާފައެވެ.
ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ވަނީ އިފްތިތާޙްކޮށްފައެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރުވަނީ މި ދަތުރުތަކަށް ދީލަތި ފަރާތްތަކުން ސްޕޮންސަރ ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ހާމަކުރައްވާފައެވެ.