އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ށ. ފޭދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ށ. ފޭދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ށ. ފޭދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުވުމުގައި ށ. ފޭދޫ ކައުންސިލުން ވަނީ އެ ރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާއި ހިއްސާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލަށް މިސްކިތްތައް އެޅުމަށް ލިސްޓު ކުރެވިފައިވާ ރަށްތަކުގެ ތެރޭގައި ށ. ފޭދޫ މިސްކިތް ހިމެނިފައިވާކަން ފާހަގަކުރައްވާ އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ށ. ފޭދޫ ކައުންސިލުން ވަނީ އެރަށުގައި ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ވުޒާރާގެ އެހީތެރިކަން ދެއްވުމަށް އެދިލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް