އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިންތިޒާމްކޮށްގެން ބާއްވާ ޙާއްސަ ދަރުހެއް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
މި ދަރުސް ދެއްވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ޙުސައިންއެވެ. މި ދަރުސްގެ މަޢުޟޫއަކީ "ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މިއެވެ.
މި ދަރުސްއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.