އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ށ. ފުނަދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ށ. ފުނަދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ށ. ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލަށް ދިމާވެފައިވާ އެކި ދަތިތަކާއި ގުޅޭ މަޢުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ރަށުގެ މިސްކިތް ސަރަހައްދުން ޤަބުރު ކަށިތަކެއް ފެނުމާއި ގުޅިގެން މިސްކިތް ވަގުތީ ގޮތުން ބަންދުކުރުމާއެކު ދިމާވާ ދަތިތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާ ކުރައްވާފައެވެ. އަދި މިކަމަށް ވުޒާރާއާއި ކައުންސިލް ގުޅިގެން ޙައްލެއް ހޯދުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ އެރަށުގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ މިކަމަށް ވުޒާރާގައި އެދިލައްވާފައެވެ.