އިންޑިޔާ ހައިކޮމިޝަނަރ ބަލަސުބްރަމާނިއަމް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

އިންޑިޔާއިން ދިވެހިރާއްޖެއަށް ޢައްޔަންކުރެވާފައިވާ ހައިކޮމިޝަނަރ ބަލަސުބްރަމާނިއަމް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަފީރަށް މަރުޙަބާ ދަންނަވައި، ވުޒާރާއަށް ޒިޔާރަތްކުރެެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު ވަޒީރު ވަނީ އިސްލާމީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ތަޢާރަފެއް ދެއްވާފައެވެ. އިންޑިއާއިން ރާއްޖެއާމެދު އަބަދުވެސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ހައިކޮމިޝަނަރ، ވުޒާރާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމުގެ އަރިމަތީގައި ހައިކޮމިޝަނަރ ވަނީ އިސްލާމީ މަރުކަޒު ބައްލަވައިލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް