އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ޑޭވިޑް ލޯ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ޢައްޔަންކުރެވާފައިވާ ސަފީރު އިނގިރޭސިވިލާތުން ނިކޮލަސް ޑޭވިޑް ލޯ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަފީރަށް މަރުޙަބާ ދަންނަވައި، ވުޒާރާއަށް ޒިޔާރަތްކުރެެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު ވަޒީރު ވަނީ އިސްލާމީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ތަޢާރަފެއް ދެއްވާފައެވެ. އިނގިރޭސިވިލާތުން ރާއްޖެއާމެދު އަބަދުވެސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އިނގިރޭސިވިލާތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރުވަނީ ވުޒާރާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް