އެހެން އަހަރުތަކުގެ ރަމަޟާން މަސްތަކާއި އެއް ގޮތަށް މި ރަމަޟާން މަހުވެސް ކޮންމެ ދުވަހަކު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސް އޮންނާނެއެވެ.
މި ދަރުސްތަކުގައި ރާއްޖޭގެ ފުންނާބު އުސް އެކި ޝައިޚުން ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުސްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި ބައެއް ޓީވީތަކުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.