މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ތަފާތު ގިނަ، ޝައުޤުވެރި ޕްރޮގުރާމްތަކެއް!

ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ތަފާތު އެކި ޒަރިއްޔާތައް މެދުވެރިކޮށް ގެނެސްދިނުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަކަމެކެވެ. މިގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން މި ރަމަޟާން މަހާއި ދިމާކޮށް، ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ގިނަ ޕްރޮގުރާމުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ފަސް ދުވަހު މި ޕްރޮގުރާމުތަކުގެ ތެރެއިން ބައެއް އެޕިސޯޑުތައް އާއްމުންނާއި ހަމައަށް ގެނެސްދީފައިވާއިރު އާއްމުންގެ ޝައުޤުވެރިކަން މި ޕްރޮގުރާމުތަކަށް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތަކުގެ ތެރޭގައި ނިސްވާ، ރައްޔާން، އިޤްރާ ކުލަބު، ހުވަﷲ، ނަބިއްޔާގެ މީރާސް، ތަސައްލީ، ޢިބްރަތްތެރި ވާހަކަ، ޙިކުމަތުގެ އަޑު އަދި މަޝްހޫރު ދާޢީ އިސްމާޢިލް ބުއްލޮކްގެ ޙާއްސަ ޕްރޮގުރާމެއްކަމަށްވާ 'އިސްލާމިކް އިންސައިޓް' ހިމެނެއެވެ. މިހުރިހާ ޕްރޮގުރާމުތަކަކީވެސް ތަފާތު އުމުރުފުރާތަކަށް ހާއްސަކޮށްގެން ޝައުޤުވެރި އެތަކެއް ދީނީ މަޢުލޫމާތުތަކެއް ހިމެނޭހެން އިސްލާމިކް ސްޓޫޑިއޯގެ މުވައްޒަފުން ޕްރޮޑިއުސްކޮށް ތައްޔާރުކުރާ ޕްރޮގުރާމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ރަމަޟާން މަހު ބެލުންތެރިން ގަޔާވާނެ ކޮންޓެންޓުތަކެއް އުފެއްދުން. އަޅުގަނޑުމެންގެ ހުރިހާ ޕްރޮގުރާމުތަކެއްވެސް އުފައްދާފައިވާނީ އާއްމުންނަށް ދީނީ އިޖުތިމާޢީ އެކި މުހިއްމު މަޢުލޫމާތުތަކާއި މެސެޖުތައް ލިބޭނެ ގޮތަށް" ރަމަޟާން މަހުގެ ޕްރޮގުރާމުތަކާއި ގުޅޭ ގޮތުން އިސްލާމީކް ސްޓޫޑިއޯގެ މެނޭޖަރ ސުޖާއު ޙަމީދު ވިދާޅުވިއެވެ.

ރަމަޟާން މަހަށް އިސްލާމިކް ސްޓޫޑިއޯއިން ތައްޔާރު ކުރާ ހުރިހާ ޕްރޮގުރާމުތަކެއްވެސް ހިލޭ ހުރިހާ ޓީވީތަކާއި މިޑިއާތަކަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

މި ރަމަޟާން މަހު އާއްމުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާ ކުރުމަށް ވުޒާރާއިން ގިނަ އިޙްޔާ ފޯރަމްތަކަކާއި ދަރުސްތަކެއްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް